ޚަބަރު

އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް: އާޒިމް

ދެން އެމްވީ ، ދެން އޮންލައިން

ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމުން) މިއަދު އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެފްއޭއެމުން މިއަދު ހަވީރު ވަނީ އިންތިހާބީ ކޮންގްރެސް ބާއްވައި ރައީސަކަށް އަނެއްކާ ވެސް ބައްސާމް އަދީލް ޖަލީލް ހޮވާފައެވެ.

އިންތިހާބު ފަސް ކުރުމަށް ސަރުކާރުން އެންގީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމްގެ މައްސަލަ ދިރާސާ ކުރަމުންދާތީ އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް ޔޫތު ސްޕޯޓްސް މިނިސްޓްރީއަށް މަޖިލީހުން އެންގުމުންނެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭ މޯލްޑިވްސްގެ އިންތިހާބު ބޭއްވީ ގާނޫނާއި ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ހިލާފަށް ކަމަށެވެ.

"އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ. ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން،" އާޒިމް ޓްވީޓްކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!