ޚަބަރު

ފުލުހުންނާ ދިމާލަށް ބިދޭސީން ގާއުކަން ފެށުމުން ބޮޑުފިނޮޅަށް އެރޭ ގޮތެއް ނުވި!

ދެން އެމްވީ ، ދެން އޮންލައިން

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމަށް ބ. ބޮޑުފިނޮޅަށް ދިޔަ ފުލުހުން އެ ރަށަށް އަރަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެއްޖެއެވެ.

Ads by STELCO

އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދިނުމުން ވަނީ ހަމަނުޖެހުން ހިންގަން ފަށާފައެވެ. އަދި އެ މީހުން ވަނީ ދިވެހިންތަކެއް އެ ރަށުން ފޭބިޔަ ނުދީ ރަހީނު ކޮށްފައެވެ.

"ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތުޅާދޫން ފުރައިގެން ބޮޑުފިނޮޅަށް ދިޔަ ފުލުހުން ބޮޑުފިނޮޅަށް އަރަން މަސައްކަތް ކުރުމުން އެރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންނާއި ދިމާލަށް ގާއުކާފައެވެ.

ގާއުކަން ފެށުމުން ފުލުހުން ތިބި ދޯނި ވަނީ އަނބުރާލާފައި ތުޅާދުއަށް ދަތުރު ކުރަން ފަށާފައެވެ. އަދި ދޯނީގައި ތިބި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެ، ދޯނީގެ ބިއްލޫރި ދޮރުތައް ތަޅައިގެން ގޮސް، ދޯންޏަށް ވެސް ގެއްލުންތައް ވެފައި ވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!