ޚަބަރު

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވޭ މަންޒަރު ލަސްތަކެއް ނުވެ ފެނިގެންދާނެ: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެކޮޅަށް ބަދަލުކުރެވޭ މަންޒަރު ލަސްތަކެއްނުވެ ފެނިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ޕީޕީއެމް، ޕީއެންސީން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުގެ ތެރެއިންނާއި އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް އެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ސޮއިކުރަމުން އަންނަ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު އަތޮޅުތެރޭގައި ވެސް ކުރިއަށްއެބަދާ ކަމަށެވެ.

"ޕެޓިޝަންގައި ސޮއިކުރުމަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ޓީމްތައް ވަނީ ފޮނުވާފައި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވާފައިވާ ތައްގީގެ މައްޗަށް ވެސް އާދަމް ޝަރީފްގެ ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.

އޭނާ ވިދާޅުވީ އެމަނިކުފާނު ވަނީ ބޮޑެތި މަޝްރޫއުތަކަކާއެކު ރާއްޖޭގެ ޗާޓު ބަދަލުކުރައްވާފައި ކަމަށެވެ.

"އެމަނިކުފާނު މިގައުމުގެ މުޅި ޗާޓަށް ގެންނެވި ބަދަލުގެ ވާހަކަ. މީގެ ހައެއްކަ އަހަރުކުރިން ރާއްޖޭގެ ޗާޓް ބައްލަވާލައްވައިފިނަމަ، މާލެ އާއި ހުޅުމާލެ އާ އަދި އަޅުގަނޑުމެން ވާހަކަދައްކަމުން މިގެންދާ ބްރިޖުގެ ވާހަކަ ދައްކާކަށް ނޯންނާނެ. އެހެންނަމަވެސް މިހާރު ތިބޭފުޅުން ގޫގުލް އިން ރާއްޖޭގެ ޗާޓް ބައްލަވާލެއްވިޔަސް ފާހަގަކުރެވޭނެ ދިވެހިރާއްޖޭގެ ޗާޓް ރައީސް ޔާމީން އެވަނީ ބަދަލުކުރައްވާފަ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނެވިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އަހަރެއް ވީއިރުވެސް ތަރައްގީގެ މަޝްރޫއެއް ނުފެންނަ ކަމަސް އޭނާ ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑު ސަރުކާރަށް މިގޮވާލަނީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ރައީސް ޔާމީން ކުރައްވާފައިވާ ޚިދުމަތްތަކާއި އެމަނިކުފާނުގެ މައުސޫމްކަމާއި މި ހުރިހާ ކަމަކަށް ރިއާޔަތް ކުރެއްވުމަށްފަހު ރައީސް ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލަދެއްވާށޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!