ޚަބަރު

ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި މަޖިލީހުގެ ކޮމިޓީން ކަނޑުހުޅުދޫ ކައުންސިލާ ސުވާލު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ދެ އަހަރު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ގއ. ކަނޑުހުޅުދޫ ކައުންސިލަރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

Ads by MWSC

މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ޖިންސީ ގޯނާ ފަދަ މައްސަލަތައް ހުއްޓުވުމުގައި ކައުންސިލްތަކުގެ ޒިންމާއެއް ވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މާދަމާ ރޭ 9:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަނޑުހުޅުދޫ ކައުންސިލަރުންނާ ބައްދަލުކުރާނެ ކަމަށެވެ.

ޖީހާން ވިދާޅުވީ ކަނޑުހުޅުދޫ ކައުންސިލްގެ އިތުރުން ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާ ވެސް މާދަމާ ރޭ ކޮމިޓީން ބައްދަލުކުރާނެ ކަމަށެވެ.

ކުޑަ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފަ ވަނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އަދި ކާފަ އާއި މުނި ކާފަގެ ބަންދަށްކޯޓުން ވަނީ 15 ދުވަސް ވެސް ޖަހާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!