Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހަކަށް އަނިޔާވެއްޖެ

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހަކަށް އަނިޔާވެއްޖެ

ބ. ބޮޑުފޮނުޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، އެ ރިސޯޓުގައި އުޅޭ ދިވެހިންތަކެއް ރަހީނު ކުރުމާ ގުޅިގެން އެ ރަށަށް ފުލުހުން އަރައި ހިންގަމުން އަންނަ އޮޕަރޭޝަނުގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހަރަކާތްރެރިވި ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެ، ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން އެ ފުލުސް މިހާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހަވީރު ހިންގަން ފެށި ހަމަނުޖެހުން އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު އެ ރަށަށް ހަތިޔާރާއެކު ފުލުހުންނަށް އަދިވެސް އެރޭ ގޮތެއް ނުވެ އެވެ.

ތުޅާދޫއާ އެއް ފަޅުގައި އޮންނަ އެ ރަށުގައި ބިދޭސީން ހުޅުޖަހައި އެތަނުގައި އުޅޭ ބައެއް ދިވެހިން ވަނީ ހިފަހައްޓާފަ އެވެ. އެމީހުން ތިބީ ދަގަނޑުބުރި ފަދަ ހަތިޔާރާ ވެސް އެކުގައި އެވެ. އެމީހުން ހަމަނުޖެހުން ހިންގަމުންދަނީ މުސާރަ ނުދޭ ކަމަށް ބުނެ އެވެ.

Advertisement
Allied Insurance — Square (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް