Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު ނިޔާ ވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު ނިޔާ ވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖެއިން 11 ވަނަ މީހަކު ނިޔާ ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ނިޔާވެފައި ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކުރި އުމުރުން 39 އަހަރުގެ އިންޑޮނީޝިއާގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9:47 ހާއިރުއެވެ.

ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް ހަތަރު ދިވެއްސަކާއި 7 ބިދޭސީން ވަނީ ނިޔާވެފައެވެ. ބިދޭސީންގެ ތެރެއިން ދެ މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެ އިން މިހާތަނަށް ވަނީ 2400 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރޭން 1،969 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑްގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 416 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް