ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން، ރަހީނުކޮށްފައި ވަނީ 15 ދިވެހިން
ބ. ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން އެބަތިބި ކަމަށާއި ރަހީނު ކޮށްފައި ވަނީ 15 ދިވެހިން ކަމަށް ފުލުހުން ބުނެފިއެވެ.
އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް އަންނަނީ ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގަމުންނެވެ. ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ރަށުގައި 200 އެއްހާ ބިދޭސީން އެބަތިބި ކަމަށާއި ދިވެހިންގެ ގޮތުގައި ތިބީ 15 މީހުން ކަމަށެވެ. އަދި އެ ރީޖަންގައި ހިމެނޭ ފުލުހުންގެ ޓީމަކުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އޭނާ އަށް މިހާރު އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.