ރަހީނުކުރި ދިވެހިން ސަލާމަތް ކުރުމަށް ސިފައިން ބޮޑުފިނޮޅަށް ދަނީ
ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް 15 ދިވެއްސަކު ރަހީނުކުރުމާ ގުޅިގެން އެ މީހުން ސަލާމަތް ކުރުމަށް ސިފައިން އެ ރަށަށް އަރަން ނިންމައިފިއެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ވަނީ ރަހީނުކޮށްފައި ވަނީ އެމީހުންނަށް ހަތް މަސް ދުވަސް ވަންދެން މުސާރަ ނުދީ އޮތުމުންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިންގެ ޓީމެއް އެ ރަށަށް ދިޔުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ރަށަށް ދިޔުމަށް ހޭދަވާނެ ވަގުތެއް ސާފެއް ނުވާއިރު، ކަނޑުމަގުން ދިޔުމަށް އިރުތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.
ފުލުހުން ބުނާ ގޮތުގައި އެ ރަށުގައި 200 އެއްހާ ބިދޭސީންނާއެކު 15 ދިވެހިން އެބަ ތިއްބެވެ.
އެ ރަށުގައި ތިބި ބިދޭސީންގެ އަތުގައި ދަގަނޑު ބުރި ފަދަ ތަކެތި ހަތިޔާރުގެ ގޮތުގައި އެބަ ހުރި ކަމަށް ވެއެވެ.