ޚަބަރު

ޖުމައްޔިލްއަށް ކުރެވޭ ތުހުމަތުތަކުގައި ބައްޕަގެ ބަސް: ދައްކަނީ "އައުޓްއޮފް ޑޭޓް" ވާހަކަ ތަކެއް

ދެން އެމްވީ ، ދެން އޮންލައިން

މީސް މީޑިޔާގައި މިހާރު އެންމެ ވައިގައި ހިފާފައިވާ ވާހަކަ އަކީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ ތުހުމަތު ތަކެވެ. މީގެ 4 އަހަރު ކުރިން 2016 ވަނަ އަހަރު ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނެ އެވާހަކަ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މީސް މީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ.

Ads by Sosun Fihaara

މި ވާހަކަ ތައް މިގޮތަށް ފެންމަތިވެފައި މިވަނީ ސަފާރީ އެއްގައި ކެންޔާގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައެއް ފެންމަތި ވެފައިވާ ދުވަސްވަރެއްގައެވެ. ކެންޔާގެ އެ އަންހެން މީހާވެސް އޭނާއަށް ކަންވީގޮތްވަނީ ކިޔާދީފައެވެ. އެއަށް ފަހު މީސް މީޑިޔާގައި އެތައް ބަޔަކު އަންނަނީ މީގެ ކުރިން އެމީހުންނަށް ދިމާވެފައިވާ ހާދިސާތައް ހިއްސާ ކުރަމުންނެވެ. ފަހަރުގައި ހިތްވަރެއް ލިބުނީ ކަމުގައި ވެސް ވެދާނެއެވެ.


ޖުމައްޔިލްއަށް ކުރެވޭ މި ތުހުމަތު ތަކާއެކު ޖުމައްޔިލްގެ ބައްޕަ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އަހްމަދު ނިމާލް ވަނީ ޓްވީޓެއް ކޮށްފައެވެ. އެގޮތުން އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ އައުޓް އޮފް ޑޭޓް ( މާ ކުރީގެ) ވާހަކަތައް ވެސް މި ދުވަސްވަރު ޖަހާނެ ކަން އިނގޭ ކަމަށެވެ. އަދި މި ހަފްތާ މިވަނީ ރޭޕްގެ ހަފްތާއަށް ވެފައި ކަމަށް ނިމާލް ފާހަގަ ކުރިއެވެ.

މި ޓްވީޓަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަމިއްލަ ދަރި ކުށެއް ކުރި ކަމުގައި ވިޔަސް އެކުށަށް ހައްގުވާ އަދަބު ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށާއި އެވަރުގެ ނުބައި އަމަލެއް ހިންގުމުން ދިފާއުގައި ވާހަކަ ދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!