ޚަބަރު

ޖުމައްޔިލް އަށް ތުހުމަތު ކުރި މައްސަލަ ނިންމާފައިވަނީ ރަނގަޅަށްތޯ ބަލާފައި ގޮތެއް ނިންމާނަން: ޕީޖީ ޝަމީމް

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ފިލްމީ ތަރި ޖުމައްޔިލް ނިމާލް މީގެ ހަތަރު އަހަރު ކުރިން އަށާރަ އަހަރު ނުފުރޭ ކުޑަ އަންހެންް ކުއްޖަކު ރޭޕް ކުރި ކަމަށް ބުނެ، ކޮށްފައިވާ ތުހުމަތު އަލުން ބެލުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

Ads by STELCO

ޖުމައްޔިލުގެ ދެބެންގެ ދެ ދަރި ކޮއްކޮ އެއް 2016 ވަނަ އަހަރު ރޭޕް ކުރި ކަމަށް ބުނެ "ޒަހޫ" ކިޔާ ކުއްޖަކު ޓްވިޓާގައި ވަނީ އޭނާއާއިމެދު ކަންތައްވީ ގޮތް ވަރަށް ތަފްސީލުކޮށް ކިޔާދީފައެވެ. އަދި މިއަދާއި ހަމައަށް ވެސް އޭނާއަށް އިންސާފެއް ނުލިބިފައިވަނީ މައްސަލަ ޕީޖީ އާއި ހަމައަށް ދިޔުމުން ބާރުގެ ބޭނުން ކޮށްގެން އެމައްސަލަ އޮއްބާލާފައި ވާތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެޓްވީޓުގައި ޕީޖީ ޙުސެއިން ޝަމީމް ޓެގް ކުރެއްވުމުން، ޝަމީމް ވިދާޅުވެފައިވަނީ ވެދިޔަ ކަންތަކާއިމެދު ހަމްދަރުދީ ވާކަމަށާއި މިވަގުތު މިކޭސް އޮތް ގޮތަށް ބެލުމަށްފަހު، އެހީއެއް ވެދެވޭނެ ގޮތެއް އޮތްތޯ ބަލާދެއްވާނެ ކަމަށެވެ.

ޕީޖީ ޝަމީމް މިމައްސަލައާއި ގުޅޭގޮތުން "ސަންް" އަށް ދެއްވި ޖަވާބެއްގައި ވިދާޅުވެފައިވަނީ މިމައްސަލައިގައި ދައުވާ ނުކުރަން ނިންމާފައަިވަނީ "ހެކި ނެތިގެން" ކަމަށް ލިޔެފައިވާ ކަމަށެވެ.

ނަމަވެސް ޖުމައްޔިލް އަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއުކޮށް އެދައުވާ އަލުން ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

"ވިކްޓިމް އެބަ ބުނޭ، ބަލައި ދޭށޭ. އަޅުގަނޑުމެން ނިންމައިފިން ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކުރުމަށް. އެކަން ނިންމައިފިވަނީ ރަނގަޅަށްތޯ އަޅުގަނޑުމެން ބަލާނަން. ބަލައިފައި ގޮތެއް ނިންމާނަން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!