Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ މީޑިޔާއާއެކު ފުލުހުން ބޮޑު ފިނޮޅަށް، ރިޕޯޓަރުންނަށް ލައިވްކޮށް ރިޕޯޓް ކުރުމުގެ ފުރުސަތެއް ނެތް

ދެ މީޑިޔާއާއެކު ފުލުހުން ބޮޑު ފިނޮޅަށް، ރިޕޯޓަރުންނަށް ލައިވްކޮށް ރިޕޯޓް ކުރުމުގެ ފުރުސަތެއް ނެތް

ބ. ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކާއި ގުޅިގެން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑަރ ރެސްޕޯންސް ޓީމަކާއިއެކު ދެ މީޑިއާއެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއޮޕަރޭޝަންގައި ހަމައެކަނި ބައިވެރި ކޮށްފައިވަނީ ޕީއެސްއެމް އަދި އަވަސް ގެ ރިޕޯޓެރެކެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިއޮޕަރޭޝަންގައި ބައިވެރިވާ ރިޕޯޓަރުންނަށް ލައިވްކޮށް ރިޕޯޓު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޤައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ކަމެއްގައި އެންމެ ދެ މީޑިއާއިން ބައިވެރި ކުރުމުން، ގިނަ ނޫސްވެރިން ގެންދަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެރަށަށް ދަތުރުކުރާ އުޅަނދުގައި އިޖްތިމާއީ ގައިދުރުކަން ހިފަހައްޓަން ޖެހުމުގެ ސަބަބުން ފުރުސަތު ދެވިފައިވަނީ ލިމިޓެޑް މީޑިއާ ތަކަށް ކަމަށެވެ.

"އޭގެ އިތުރުން އޮޕަރޭޝަން ހާލަތުގައި މީޑީއާ ތަކަށް ފުރުސަތު ދިނުމުގައި ރިޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުރުސަތު ދެވެން އޮންނަނީ ވަކި ވަރަކަށް" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް