ޚަބަރު

މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރިހާ މީޑިޔާތަކަށް ހަަމަހަމަ ފުރުސަތު ދެއްވާ:މީޑިޔާ ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގެ މައުލޫމާތު ކަވަރު ކުރުމަށް ޓަކައި ފުލުހުން މީޑިޔާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމުގައި މޯލްޑިވްސް މީޑީޔާ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

މީޑިޔާ ކައުންސިލުން މިރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަ ހަމަކަމާއި އިންސާފުވެރިކަމާ އެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިޔާއަކަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލުގެ ޒިންމާއެއް ކަމުގައެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާ ތަކަކުންވެސް އަދި އެހެނިހެން އިދާރާ ތަކުންވެސް މައުލޫމާތު ފެތުރުމުގައި ހަމަހަމަ ފުރުސަތު ދޭތޯ ކައުންސިލުން އަބަދު ވެސް ބަލަމުން އަންނަ ކަމުގައި މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިފަދަ ގޮތަކަށް މީޑިޔާ ކައުންސިލުން ބަޔާނެއް ނެރިފައި މިވަނީ ބައެއް މީޑިޔާ ތަކަށް ފުރުސަތު ނުދީ އަދި އެންގުމަކާ ނުލާ ހަމަ އެކަނި ދެ މީޑިޔާ އެއް ގޮވައިގެން ފުލުހުން ބޮޑު ފިނޮޅަށް ދިއުމަށް ފުރާފައި ވަނިކޮށްނެވެ.

ފުލުހުން ހަމައެކަނި ދެ މީޑިޔާއަކަށް ފުރުސަތުދިންކަން އެހެން މީޑިޔާތަކަށް އެނގުމުން ފުލުހުން ވިދާޅުވީ، ލޯންޗުގައި ގައިދުރުކަން ބަހައްޓަން ޖެހޭތީ ފުރުސަތު ދެވުނީ "ލިމިޓެޑް މީޑިޔާ" ތަކަށް ކަމުގައެވެ.

ފުލުހުން ހަމަ އެކަނި ދެ މީޑިޔާ އަކަށް ފުރުސަތު ދީފައި ވަނީ ފުލުހުންނާއި ސިފައިން ބޮޑުފިނޮޅަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ވަގުތު ގިނަ މީޑިޔާ ތަކަކުން އެކަން ކަވަރު ކުރުމަށް ހަރަކާތްތެރި ވަމުން ދިޔަ ވަގުތެއްގައެވެ.

މީޑިޔާ ކައުންސިލުގެ ބަޔާނުގައި ވަނީ ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށް ޓަކައި، ގައުމުގައި ހިނގާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މީޑިޔާ ތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އަދި ހަމަ އެހެންމެ ވީހާވެސް ބޮޑަކަށް އަދި އަވަސް މިނެއްގައި މީޑިއާ ތަކަށް މައުލޫމާތު ދިނުމަށް ވެސް ފުލުހުންނަށާއި އެހެން ވެސް އިދާރާ ތަކަށް އިލްތިމާސް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ މީޑިޔާތަކަކުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!