ޚަބަރު

ރަހީނު ކުރި ދިވެހިން ސަލާމަތްކޮށްފި، އެންމެންގެވެސް ހާލު ރަނގަޅު

ދެން އެމްވީ

ބ.އަތޮޅުގައި ރިސޯޓެއް ތަރައްޤީކުރަމުންދާ ބ.ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށްފިއެވެ.

200 ބިދޭސީއަކަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެ، އެކަމުގެ ނުރުހުމެއްގެ ގޮތުން އެ ރަށުގައި މަސައްކަތްކުރަމުންދާ ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.

ދިވެހިންތައް ސަލާމަތްކުރުމަށް ދެ ފަހަރަކު ފުލުހުން އެ ރަށަށް އަަރަން މަސައްކަތްކުރުމުން ބިދޭސީން ވަނީ ގަލާއި ހަތިޔާރު އުކާ ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތްކޮށްފައެވެ. އެހެންކަމުން ފުލުހުންނަށް އެރަށަށް އެރޭގޮތް އޭރުވަނީ ނުވެފައެވެ.

ފުލުހުން ބޮޑު ފިނޮޅަށް އެރީ މިއަދުގެ 5:58 ހާއިރުގައެވެ. އަދި ބިދޭސީއަކު މެދުވެރިކޮށް އެ ރަށުގައި ތިބި ބިދޭސީންނާއި ވާހަކަދައްކަމުން ދިޔައެވެ. އަދި އެ ރަށުގައި ރަހީނުކޮށްފައި ތިބި 12 ދިވެހިން ސަލާމަތް ކުރުމަށްފަހު ފުލުހުން މިހާރު ދަނީ އެ ރަށުތެރޭގައި ހަރަކާތްތެރިވަމުންނެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރަހީނުކޮށްފައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ސަލާމަތްވި ދިވެހިން "އަވަސް" އޮންލައިންއަށް ކިޔާދިން ގޮތުގައި އެމީހުންނަށް އެއްވެސް ވަރަކަށް އަނިޔާކޮށްފައެއް ނުވެެއެވެ. އަދި ކޮޓަރީގައި ބަންދުކޮށްފައި ތިބި ނަމަވެސް ކާން ދިންކަމަށްވެސް ކިޔާދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!