ޚަބަރު

ހޯރަ އިއްބެ ހައްޔަރުކުރިއިރު އޮތީ ރަން ކިޔާފައި: ސިރާޖު

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 2012 ވަނަ އަހަރު، ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ހައްޔަރުކުރިއިރު، އޭނާ ވަނީ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަންހެން ކުއްޖާއާ ކައިވެނިކުރުމަށް ރަން ކިޔާފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޝަރީއަތަށް ސާބިތުވެ 10 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހޯރަ އިއްބެ މިނިވަން ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އޭނާ މިނިވަންކުރެވުމަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ޓްވިޓާގައި ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން މެމްބަރު ސިރާޖު ވިދާޅުވީ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަންހެން ކުއްޖާއާ ކައިވެނިކޮށް ހޯރަ އިއްބެ އާއި އޭނާގެ ދަރިންވެސް ތިބޭ ކަމަށެވެ. އަދި ހައްޔަރުކުރިއިރު އެ އަންހެން ކުއްޖާއަށް 18 އަހަރު ފުރެން އޮތީ ދުވަސްކޮޅެއް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ބަދަލުގައި ހޯރަ އިއްބެގެ މައްސަލަ އެއްކޮށް ސްޓަޑީކޮށްލުމަށް މެމްބަރު ސިރާޖު ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް ޝަމީމަށް އިލްތިމާސް ކުރައްވާފައެވެ.

މެމްބަރު ސިރާޖު މިފަދަ އިލްތިމާސެއް ކުރެއްވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލާފައިވާ ހޯރަ އިއްބެ މިނިވަންކުރި ކުރުމާމެދު ބުނެލާނެ އެއްޗެއް ނެތްތޯ ޓްވިޓާގައި އާދަމް ޝަމީމް އޭނާއާ ސުވާލު ކުރެއްވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!