ރޭޕްގެ ވާހަކަތަކާއެކު، ޖުމައިލް ގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކެއް
މީސް މީޑިޔާގައި މިހާރު އެންމެ ވައިގައި ހިފާފައިވާ ވާހަކަ އަކީ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ ތުހުމަތު ތަކެވެ. މީގެ 4 އަހަރު ކުރިން 2016 ވަނަ އަހަރު ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނެ އެވާހަކަ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މީސް މީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ.
ރޭޕް ގެ މައްސަލަ ފެންމަތިވުމާއެކު، ޖުމައްޔިލް ގެ ބަރަހަނާ ވީޑިއޯ ވެސް ވަނީ މީސް މީޑިއާ ގައި ދައުރުވާން ފަށާފައެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯތަކަކީ 'ސްނެޕްޗެޓު' މެދުވެރިކޮށް ޖުމައްޔިލް އަންހެން ކުއްޖަަކަށް ފޮނުވާފައިވާ ވީޑިއޯތަކެއް ގެ ސްކްރީން ރިކޯޑިން އެވެ.
ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ޖުމައްޔިލްގެ ފިލްމުތައް ބޮއިކޮޓުކުރުމަށް ވެސް ގޮވާލަމުންނެވެ.
ޖުމައްޔިލް ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖާ ވަނީ އޭނާގެ ވާޙަކަތައް މީސްމީޑިއާ ގައި ހިއްސާކޮށްފައެވެ. އަދި މިއަދާއި ހަމައަށް ވެސް އޭނާއަށް އިންސާފެއް ނުލިބިފައިވަނީ މައްސަލަ ޕީޖީ އާއި ހަމައަށް ދިޔުމުން ބާރުގެ ބޭނުން ކޮށްގެން އެމައްސަލަ އޮއްބާލާފައި ވާތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އިން ނިންމާފައިވަނީ "ހެކި ނެތިގެން" ނެވެ.
ނަމަވެސް ޖުމައްޔިލް އަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއުކޮށް އެދައުވާ އަލުން ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.