ޚަބަރު

ކުއްޖާގެ މުނިކާފަ އަކީ ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑު އޮންނަ މީހެއް: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ މުނިކާފަގެ އަކީ ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި، އަނިޔާ ލިބުނު ކުޑަކުއްޖާއައި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލާގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ، އުމުރުން 62 އަަހަރުގެ މީހާ، ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި އެ ކުއްޖާގެ 82 އަހަރުގެ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ކުއްޖާގެ މައިންބަފައިނަކީވެސް ކުށުގެ ރެކޯޑްސް އޮންނަ ބަޔަކަށްވާތީ، އަދި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ، އެ ހާލަތުގައި އެ ކުއްޖާ ދިރިއުޅެމުންދިޔަ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާތީ، ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާ މަންމައާއި ހަވާލުކުރުމަށް މަސައްކަތް ކުރުުމުން އެ ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ދީފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މައްސަލަ ހުށައެޅުމާއެކު އެދުވަހުގެ 19:30 އެހާކަންހާއިރު ކުއްޖާ އުޅެމުންދިޔަ މާހައުލަަށް ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރުންނާއި، ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށްފަހު މެޑިކަލް އެސެސްމަންޓް ހެދުމަށްޓަކައި އެރޭ ސަރަހައްދީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަަށްޓަަކައި ކުއްޖާގެ އާއިލާގެ ފަރާތު ބޮޑުދައިތައަކާއި ވަގުތީ ގޮތުން ހަވާލުކުރެވުނު ކަމަށް ފުލުހުން ހާމަކުރެއެވެ.

"ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެ ކުއްޖާގެ މާމަ ކަމަށްވުމާއި، މާމައާ ކުއްޖާ ހަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަން ކުުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވޭ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށާއި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުންގެ ތަހުގީގު ޓީމެއް ހުކުރު ދުވަހު ހެނދުނު އެ ރަށައް ގޮސް، އެކި ފަރާތްތަކާއި ސުވާލުކޮށް ހެއްކާ ގަރީނާ އެއްކުރުމަށްފަހު ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކުރުމަށް ކޯޓް އަމުރަށް އެދުނު ކަމަށެވެ.

އަދި މެންދުރުގެ ވަގުތެއްގައި ކޯޓް އަމުރު ލިބުމުން އެ ކުއްޖާގެ ކާފައާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އިތުރަށް ސާފު ކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަަލަ ޖެންޑާ މިނިސްޓްރީއާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!