Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

ގޮއިދޫ ޒުވާނުންނަށް ކައިޓް ސާފިން ކިޓް ޔޫތު މިނިސްޓްރީ އިން ހަދިޔާ ކޮށްފި

ގޮއިދޫ ޒުވާނުންނަށް ކައިޓް ސާފިން ކިޓް ޔޫތު މިނިސްޓްރީ އިން ހަދިޔާ ކޮށްފި


ބ. ގޮއިދޫގެ ޒުވާނުންނަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކައިޓް ސާފިން ކިޓް ހަދިޔާކޮށްފިއެވެ.

ގޮއިދޫ ކައުންސިލް މެދުވެރިކޮށް މި ކިޓުތައް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑެވެލޮޕްމެންޓް ސޮސައިޓީއާއެވެ. މިފަހަރު މިނިސްޓްރީއިން ވަނީ ފަސް ކިޓު ގޮއިދޫގެ ޒުވާނުންނަށް ހަދިޔާކޮށްފައެވެ.

މިކަމާއި ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ރާޅުގުޑިއާ ގުޅިގެން މިއަހަރު ގޮއިދޫގައި ބޭއްވި ކައިޓް ސާފިން ކޭމްޕްގައި ގޮއިދޫގެ ދެޖިންސްގެ ޒުވާނުންނަށް ވެސް ދުނިޔޭގެ ޗެމްޕިއަނަކާއެކު އެކުޅިވަރުގެ ހުނަރުތައް ދަސްކުރުމަށް ފުރުސަތު ފަހިކޮށްދެވުނު ކަމަށެވެ. އަދި އެ ކޭމްޕްގެ ތެރޭގައި ގޮއިދޫ ޒުވާނުންގެ ހުނަރުތައް ފެނުމާއެކު އެ ކުދިންނަށް ކައިޓް ސާފިން ކިޓް ފޯރުކޮށްދޭނެ ކަމަށް ވައުދުވި ކަމަށާއި މިއަދު އެ ވައުދު ފުއްދޭތީ އުފާކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރާޅުގުޑިއާ ގުޅިގެން މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެކެވެ. ހަމައެހެންމެ ގޮއިދޫގެ ޒުވާނުންނަކީ މިފަދަ އެކްސްޓްރީމް ކުޅިވަރުތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އެތުލީޓުންތަކެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް