ދީން

ރިޒްޤް އިތުރުކުރަން ބޭނުންނަމަ މިކަންކަމަށް ސަމާލުވެލައްވާށެވެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރިޒްޤަކީ މާތް ﷲ سُبْحَانَهُ وَتَعَالَى ދެއްވަވާ އެއްޗެއް ކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. އެކަލާނގެ ދެއްވަން އިރާދަ ކުރެއްވި ނިޢުމަތެއް މެނުވީ އެއްވެސް އަޅަކަށް ލިބުމެއް ނެތެވެ.

Ads by Hajj Corporation

ނަމަވެސް ރިޒްޤު އިތުރު ކުރައްވަވާނެ ގޮތަށް ޢަމަލު ކުރުން ވަނީ އަޅަމެން އިންސާނުންގެ އަތްމަތީގައެވެ.

އެގޮތުން ރިޒްޤު އިތުރު ކުރުމަށް މިކަންކަމަށް ސަމާލުވުން މުހިންމެވެ.

▪︎ މާތް ﷲ އަށް ޝުކުރުވެރިވުން
މާތްﷲ ވަޙީކުރެއްވިއެވެ.
﴿7﴾ وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.
[އިބްރާހީމް 7 ވަނަ އާޔަތް]

▪︎ ﷲ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ.
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (11) وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا(12) سورة نوح 10-12
މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."

▪︎ މާތް ﷲ އަށް ތަޤްވާވެރިވާށެވެެ.
މާތްﷲ ވަޙީކުރެއްވިއެވެ. وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ سورة الطلاق 2-3
މާނައީ: "އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤުދެއްވާނެތެވެ."

▪︎ ރަހިމުގެ ގުޅުން ބަދަހިކޮށް ދަމަހައްޓާށެވެ.
ރަސޫލުﷲ (ޞޢޥ) ޙަދީޘްފުޅުކުރެއްވިއެވެ. مَنْ سَرَّهُ أَنْ يُبْسَطَ عَلَيْهِ رِزْقُهُ أَوْ يُنْسَأَ فِي أَثَرِهِ فَلْيَصِلْ رَحِمَهُ (رواه البخاري ، مسلم ، أبو داود ، أحمد)
މާނައީ: "އުމުރުގައި ބަރަކާތްލެއްވި، ރިޒްޤު ތަނަވަސްވުމަށް އެދޭ މީހާ، ފަހެ އޭނާ ރަޙިމުގެގުޅުން ގުޅުވާށެވެ."

▪︎ ރިބާއާ ދުރުހެލިވާށެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. ﴿276﴾ يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ
މާނައީ: اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ.
"އަލް ބަޤަރާ 276 ވަނަ އާޔަތް"

▪︎ މާތް ﷲ ގެ މަގުގައި ހޭދަ ކުރާށެވެ.
މާތްﷲ ވަޙީކުރެއްވިއެވެ. وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ سورة سبإ 39
މާނައީ: "އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވައެވެ. އަދި އެކަލާނގެއީ،  އެންމެހެޔޮ ރިޒުޤުދެއްވާ އިލާހެވެ."

ރަސޫލުﷲ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. "مَا نَقَصَتْ صَدَقَةٌ مِنْ مَالٍ" (رواه مسلم)
މާނައީ: "ޞަދަޤާތުގެ ސަބަބުން މުދާ އުނިވެގެން(މަދުވެގެން) ނުދެއެވެ."

▪︎ ރިޒްޤް ތަނަވަސް ކޮށްދެއްވުމަށް މާތް ﷲ އަށް އެދި ދަންނަވާށެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. "وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ"
سورة غافر 60
މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ  ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

▪︎ މާތް ﷲ އަށް ވަކީލު ކުރުމާއެކު މަސައްކަތް ކުރާށެވެ.
ރަސޫލުﷲ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. "لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً " (إمام أحمد والترمذي وابن ماجه)
މާނައީ: "ތިޔަބައިމީހުން ﷲއަށް ވަކީލުކުރުން ޙައްޤުގޮތުގައި ވަކީލުކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުޤު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުޤު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!