ޚަބަރު

ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި

ދެން އެމްވީ ، ދެން އޮންލައިން

ގއ.ކަނޑުހުޅުދޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ އުމުރުން 33 އަހަރުގެ އެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ހައްޔަރުކޮށްފައެވެ. އެ ދެ މީހުންގެ ބަންދަށް ވެސް އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ. އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތަކެއް ކަމަށެވެ. ނަމަވެސް އިހުމާލުވި ތުހުމަތު ކުރަނީ ކާކަށް ކަމެއް މަންނާން ވިދާޅެއް ނުވެއެވެ.

ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!