ރިޕޯޓު

ހެޔޮވާނީ ކިހިނެއް؟ ތުއްތު ކުއްޖަކު ރޭޕް ކުރަމުން ޕްރެސްޓްވިޗްގެ މިމެނޭޖަރު ވީޑިއޯވެސް ކޮށްފި!

ދެން އެމްވީ

މެންޗެސްޓަރ ގެ ޕްރެސްޓްވިޗް އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކު، ތުއްތު ކުއްޖަކު ރޭޕްކޮށް އަދި އެމަންޒަރު ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ބެރީ ހުޑްސަން އަކީ އެޤައުމުގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ކުރިން މަސައްކަތް ކޮށްފައިވާ، މިހާރު ރެކްރޫޓްމަންޓް މެނޭޖަރެކެވެ. ޚަބަރުތަކުން ބުނާގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ދައުވާއާއި އެމަންޒަރު ވީޑިއޯކޮށް އާއްމުކުރި ކަމުގެ ދައުވާއެވެ.

ބެރީ އަކީ ކަންދެއްކުމުގެ ގޮތުން ދެ ދިރިއުޅުމެއް އުޅެމުންްގެންދާ މީހެއްކަން ވެސް ވަނީ ހާމަ ވެފައެވެ. އޭނާގެ އަންހެނުން އޭނާ ސިފަ ކޮށްފައިވަނީ ވަރަށް ވެސް ވަފާތެރިކަމާއި އޯގާތެރިކަމާއިއެކު އުޅުނު މީހެއްގެ ގޮތުގައެވެ. ނަމަވެސް ބެރީގެ މިމައްސަލަތައް ފެންމަތިވުމުން، ކޯޓުން ވަނީ އޭނާގެ އަނބިމީހާއާއި ވެސް ބައްދަލު ކުރުން މަނާކޮށް އަނބިމީހާގެ އެދުމުގެ މަތިން ރެސްޓްރޭނިންގ އޯޑަރެއްވެސް ނެރިފައެވެ.

ބެރީ ހުޑްސަންގެ މިޢަމަލުތައް ފަޅާއެރީ އެފްބީއައީ އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންްނެވެ. ކުޑަކުދިންނާއިބެހޭ މީހުން ހަދައިގެން އުޅޭ ގްރޫޕެއްގައި އެފްބީއައި އޭޖެންޓެއް ވެސް އަންޑަ ކަވަރ ގައި އިނެވެ. ބެރީ ވަނީ އޭނާގެ އެވިޔާނުދާ ޢަމަލުތައް އޭޖެންޓާއި (ނޭނގިހުރެ) ހިއްސާ ކޮށްފައެވެ. އެގޮތުން ބެރީ ބުނެފައިވަނީ އުމުރުން 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނާއި ވެސް އޭނާ ޖިންސީ ގުޅުން ހިންގާ ހިތްވާ ކަމަށާއި އެގޮތުން އެންމެ ގިނައިން އެކަން ކޮށްފައި ހުންނާނީ ތުއްތު ކުދިންނާއި އެއްކޮށް ކަމަށެވެ. އެއީ ކީއްވެތޯ އޭޖެންޓު ސުވާލު ކުރުމުން އޭނާ ބުނީ އެއީ އެކުދިންނަށް ވާހަކަ ނުދެއްކޭނެތީ ކަމަށެވެ.

ކޯޓު އޯޑަރެއްގެ ދަށުން އެފްބީއައީ އިން އެމައުލޫމާތުގެ އަލީގައި ބެރީ ހައްޔަރު ކުރީ މެންޗެސްޓަރ ގައި އޭނާ ދިރިއުޅުނު ގޭ ތެރެއިންނެވެ. އަދި އޭނަގެ ފޯނު ޗެކް ކުރުމުން، އެފަދަ ބަދު އަޚްލާގީ މަންޒަރު ހިމެނޭ 5000 ވީޑިއޯ އޭނަގެ ފޯނުން ފެނިފައިވާ ކަމަށް އެފްބީއައީ އިން ހާމަކޮށްފައިވެއެވެ. އަދި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން އަމިއްލައަށް އޭނާ ކޮށްފައިހުރި ވީޑިއޯއެއް ގްރޫޕަކުން ވެސް ފެނިފައިވެއެވެ. މިހުރިހާ ކަމަކަށް ވެސް ބެރީ ވަނީ އިއުތިރާފު ވެފައެވެ.

ބޭރީ ހޫޑްސަން ގެ މައްސަލަ މިއަދު ބެލި ޣާޒީ ވަނީ އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވާ، އޭނާއަކި ކުޑަ ކުދިންނަށް ހުރި ނުރައްކަލެއް ކަމުގައި ވެސް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!