ޚަބަރު

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގެ އުމުރުން ދުވަސްވީ މީހަކު ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ ފަސް އަހަރުގެ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކަކަށް ވާތީ އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރާއި ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަކުރަން ފުލުހުން ވަނީ ނިންމާފައެވެ.

"މި މައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގދ. ކަނޑުހުޅުދޫގެ ތިން ބަފައިން އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި އެ ތިން މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!