ޚަބަރު

ނ. އަތޮޅުގެ ރިސޯޓަކަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފި

ދެން އެމްވީ ، ދެން އޮންލައިން

ނ. އަތޮޅުގައި ހިންގަމުން އަންނަ ނޮކް މޯލްޑިވްސް ރިސޯޓަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ މިއަދު 12:55 ހާއިރު ނ އަތޮޅުގައި ހިންގާ ނޮކް މޯލްޑިވްސް ރިސޯޓުގެ ގޮޑުދޮށުން އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ ރިސޯޓަށް ފުލުހުން ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެރަށަށް ލައްގާފައިވަނީ އިންސާނެއްގެ ދަތް ކަށިގަނޑެވެ. ފެނުނު ދަތް ކަށިގަނޑުގައި ބައެއް ދަތް ހުރިކަން ފާހަގަ ކުރެވެއެވެ.

އެ ރިސޯޓަށް އިންސާނެގެ މޫނު މަތީގެ ކަށިގަނޑެއް ލައްގާފައިވާއިރު ރާއްޖެއިން ކަނޑަށް ގެއްލިފައިވާ ދެ މީހަކު ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން ދެއެވެ.

އެގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

މީގެ އިތުރުން ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުޕް ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!