އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރު މީހަކު ހިމަ ބިއްސަށް ޕޮޒިޓިވް ވެއްޖެ
އިތުރު މީހަކު ހިމަ ބިއްސަށް ޕޮސިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހިމަ ބިއްސަށް ޓެސްޓު ކުރެވުނު 8 މީހުންގެ ތެރެއިން އެކަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.
މިފަހަރު ހިމަބިހި ޖެހުނީ ކޮން އުމުރެއްގެ މީހަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ހިމަބިހި ޖެހުނު މީހުން އުޅުނު ސަރަހައްދާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ޓެސްޓްކުރަން އެ ހިސާބުން ފެށި އެވެ. މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ތިން މީހެކެވެ.
Ads by Allied Insurance