Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިންތަކަކަށް އަނިޔާވެއްޖެ

ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިން ތަކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އދ. އަތޮޅުގައި ދެ ލޯންޗެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާމިގިިއްޔާއި އަރިޔަދޫ ކައިރިއަށް ސަން އައިލެންޑްގެ ލޯންޗަކުން ގެސްޓުން މޫދަށް ބާލައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ ދަތުރު ކުރި އެހެން ލޯންޗެއްގެ ކޮންޓްރޯލް ގެއްލި ސަން އައިލެންޑްގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ސަންގެ ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހުން މާމިގިލި ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފަ އެވެ.

މި ހާދިސާގައި ދެ ލޯންޗަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް