ޚަބަރު

އެމްޑީޕީއިން 5 އަހަރު ވެރިކަން ކުރިއިރު ދެކެވުނީ ރިހާކުރު، އަހިވަކު ފެކްޓްރީ އާއި ކަންނެލި ޖަގަހަތަކުގެ ވާހަކަ: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީއިން 5 އަހަރު ވެރިކަން ކުރިއިރު ދެކެވުނީ ރިހާކުރު، އަހިވަކު ފެކްޓްރީ އާއި ކަންނެލި ޖަގަހަތަކުގެ ވާހަކަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޖަމީލް ވަނީ އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަން ކޮށްފައި ވާއިރު ގެެނެސް ދެވުނީ ކޮން ތަރައްޤީއެއްތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން ކަމަށެވެ.

“އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަން ކޮށްފި. ގެނެސްދެވުނީ ކޮން ތަރައްޤީއެއް؟ ފުރަތަމަ ދެއްކީ ރިހާކުރު، އަހިވަކު ފެކްޓްރީ އާއި ކަންނެލި ޖަގަހަތަކުގެ ވާހަކަ. ހަމަޖެހޭ ޕޮލިސީއެއް ،މީހަކު ވެސް ނެތް” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މީގެ ކުރިން ވަނީ ރައީސް ނަޝީދުއަށް އަމާޒުކޮށް ވެސް ގިނަ ޓްވީޓް ތަކެއް ކޮށްފައެވެ. އެގޮތުން ރައީސް ނަޝީދަކީ ބަދަލު ހިފުމާއި ޒާތީވުމަށް ފެން ބޮވައިގެންފައިވާ އެފަދަ ދެވަނައެއް ނެތްފަދަ ޚުދުމުޚުތާރު ބޭފުޅެއް ކަމަށާއި، ބާރު ލިބިވަޑައިގަތުމުން މިހާރު ބަދަލުވެފައި ވަނީ ޖައްލާދަކަށް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!