ދުނިޔެ

އަމިއްލަ ބައްޕަގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ ބަލިވެ އިން 13 އަހަރުގެ ބްރެޒިލް ކުއްޖަކު ނިޔާވީ ވިހެއުމުގެ ވޭނުގައި

ދެން އެމްވީ ، ދެން އޮންލައިން

ބްރެޒިލް އަށް އުފަން، އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު، އޭނާގެ އަމިއްލަ ބައްޕަގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ބައްޕަގެ ދަރިއަކަށް ބަލިވެ އިނދެ މިދުނިޔެ ދޫކޮށް ގޮސްފިއެވެ.

Ads by Sosun Fihaara

ބްރެޒިލްގެ ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، އެކުއްޖާގެ ބައްޕަ އޭނަ ރޭޕް ކުރާތާވަނީ ހަތަރު އަހަރުވެފައެވެ. ކުދަ ކުއްޖާ ނިޔާވީ، ބައްޕަގެ ދަރިއަކަށް ބަލިވެ އިނދެ، ވިހެއުމުގެ ވޭނުގައި ކަމަށް ވެސް ތަހުގީގީ ރިޕޯޓު ތަކުން ހާމަ ކޮށްފައިވެއެވެ.

ލުއޭނާ ކޭޓްލެން ނަމަކަށް ކިޔާ އެކުޑަކުއްޖާގެ ބައްޕަ ޓޯމޭ ފާބާ (36އ.) އެކުއްޖާ ރޭޕް ކުރަން އެންމެ ފުރަތަމަ ވެސް ފަށާފައިވަނީ، އެކުއްޖާގެ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، ލުއޭނާގެ ބައްޕަ އޭނާ ރޭޕް ކުރާކަން ކުރިން އެއާއިލާގެ އެކަކަކށް ވެސް އެނގިފައެއް ނުވެއެވެ.

އުތުރު ބްރެޒިލްގައި ދިރިއުޅެމުންދިޔަ އެއާއިލާއިން ބުނެފައިވާ ގޮތުގައި، އެދުވަހު ކުއްލިއަކަށް އޭނާ ވަރަށް ބޮޑަށް ވަރު ދޫވެ، ބަނޑުގައި ރިއްސަން ފެށިކަމަށެވެ.

ލުއޭނާ ވިހެއީ ފިރިހެން ކުއްޖެކެވެ. އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމުގައި ވިޔަސް ވިހެއުމުގެ ވޭނަށް ކެތް ނުކުރެވިގެން ލުއޭނާ ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. އަދި އޭނާގެ ބައްޕަ ވަނީ 15 އަހަރު ދުވަހަށް ޖަލަށްލާފައެވެ. ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި، ލުއޭނާ ބަލިވެ އިންކަން އެއާއިލާއަށް އެނގުނީ ބަނޑަށް ފަސް މަސް ފުރުނު ފަހުން ކަމަށެވެ. ލުއޭނާގެ ހަށިގަނޑަށް ބދަލުތައް އަންނަން ފެށުމުން އޭނާގެ ބޮޑުދައިތަ އެވާހަކަ އެހި ކަމަށާއި، ލުއޭނާ ހުރިހާ ވާހަކައެއް ކިޔައިދިން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!