ވިޔަފާރި

އަންނަ މަހުން ފެށިގެން ރެމިޓެންސް ޓެކްސް ނެގުން ނިމުމަކަށް އަންނާނެ: މީރާ

ދެން އެމްވީ ، ދެން އޮންލައިން

ބިދޭސީން އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފެށިގެން ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

Ads by MWSC

މީރާއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަންނަ ޖެނުއަރީ މަސް ފެށުމާ އެކު ރެމިޓެންސް ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ކަމަށާއި އެހެންވެ މި މަހުގެ ރެމިޓެންސް ޓެކްސް ބަޔާން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅައި، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އެކަމަކު ރެމިޓެންސް ޓެކްސްގެ ރެކޯޑްތައް މަދުވެގެން ފަސް އަހަރަށް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

ރެމިޓެންސް ޓެކްސް ނަގަން ފެށީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން 2016 ވަނަ އަހަރު އެވެ. އެ ޓެކްސް ނެގުމަށް މަގުފަހި ކުރުމަށްޓަކައި ހުރިހާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރަން ވެސް އޭރު އެ އިސްލާހުގައި ލާޒިމްކުރި އެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ނަގަމުން އައީ ތިން ޕަސެންޓެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސްގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސާއި ބޭންކް ޕްރޮފިޓް ޓެކްސާއި ލޭންޑް ސޭލްސް ޓެކްސް އައި ޕެޓްރޯލިއަމް ޓެކްސް ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!