ޕްލާސްޓިކް ގެ ސަބަބުން މަރުވެފައިވާ އެތައް ވެލައެއް ދުނިޔޭގެ އެންމެ ދިގު ގޮނޑުދޮށަށް ލައްގައިފި
![](https://dhen.mv/wp-content/uploads/2020/08/ZXsVW7za3hdOs5N.jpg)
ޕްލާސްޓިކްގައި އޮޅި، މަރުވެފައިވާ 20 ވެލާ ބަންގްލަދޭޝް ގައިވާ ދުނިޔޭގެ އެންމެ ދިގު ގޮނޑުދޮށުން ފެނިއްޖެއެވެ. މި ވެލާތަކުގައި ޕްލާސްޓިކް ދަލާއި ފުޅި ފަދަ އެއްޗެހި އޮޅިފަހި ހުރިއެވެ.
މަރުވެފައިވާ މި ވެލާތައް ފެނިފައިވަނީ 120 ކިލޯމީޓަރުގެ މި ގޮނޑުދޮށް ސާފުކުރަން އުޅުނު ޗެރިޓީ ގްރޫޕަކަށެވެ. އެގޮތުން މި ގުރޫޕަށް ވަނީ 10 ކިލޯމީޓަރުގެ ހިސާބަކުން އޮލިވް ރިޑްލޭ 10 ވެލައާއި 50 ޓަނުގެ ކުނި ފެނިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގޮނޑުދޮށުން ފެނުނު އަނިޔާ ލިބިފައިވާ ވެލާތައް ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މަރުވެފައިވާ ވެލާތައް މިހާރު ވަޅުލާފައިވާ ކަމަށް ވެސް ބުނެއެވެ.
ޕްލާސްޓިކް ސަބަބުން ވެލާ މަރުވެ ބަންގްލަދޭޗްގެ ގޮނޑުދޮށްތަކަށް ލެއްވުމަކީ މިހާރަކަށްއައިސް ގިނަ ވަމުން އަންނަ ކަމެކެވެ.