ޚަބަރު

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފިއެވެ.

Ads by STELCO

ފަޒީލް އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތަކާއި، ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތަކެއް އޭނާއަށް ދަނީ ކުރެވެމުންނެވެ.

އެމްއާރުއެމްއިން ބުނީ އެޕާޓީގެ މަޤާމެއްގައި ހުރި މީހަކާ މެދު ޖިންސީ ފުރައްސާރަ އާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ އެ ޕާޓީއިން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ އެކަހެރި ކުރެވިފައިވާ ކަމަށް އެމްއާރުއެމްއިން ބުނެއެވެ.

‏"އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު މި ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމެވެ. ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ". އެމްއާރްއެމްއިން ބުނެފައި ވެއެވެ.

އަދި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުޙުމަތުތަކެއް ކުރެވިފައިވާތީ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދެއްވުމަށް އެމްއާރުއެމް އިން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!