ވިލިމާލޭ ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ފައްސި ވެއްޖެ
 
                                                    ވިލިމާލޭ ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ފައްސި ވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަންއާ ހަވާލާދީ "ވަން" އޮންލައިނުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ފައްސިވެ ވެފައިވާ ކަމަށާއި އިތުރު ތަފްސީލު ވަރަށް އަވަހަށް ދެއްވާނެ ކަމަށެވެ.
"ވަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާ ޕޮޒިޓިވް ވީކަން އެނގިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެކުއްޖާގެ އުމުރުން ވާނީ 10 ނުވަތަ 12 ވަރަކަށް އަހަރު ކަމަށް ވެސް އެ ނޫހުގައި ވެއެވެ.
 
 Ads by Allied Insurance
 
  
 
 
		
 
		
 
		
 
		
