ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Ads by Sosun Fihaara

މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެ ދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މާރިޗު 20 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހުއާވޭ ބްރޭންޑުގެ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 482166

މާރިޗު 20 ވަނަ ދުވަހު އަސަރީ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ، ފާރުގައި ހަރުކުރާ 2 ލައިޓު، 2 ހެޑް ޝަވަރ، 2 ފްލޯ ޑްރެއިން، 3 ފޮށި ކުދި ހުޅު، 3 ފޮށި ތަންޑު، 2 ބުރުމާ ކަށި، 2 ސީސީޓީވީ ކެމެރާ، 1 ކަށިގަނޑު ސެޓު. އިންސިޑެންޓް ނަންބަރު 482139

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެ ލެއްވުމަށް ފުލުހުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!