ދުނިޔެ

ކޮވިޑް-19: "އާދައިގެ ރޯގާއެއް" ކަމަށް ބުނި ބްރެޒިލްގެ ރައީސް، ތިންވަނަ ފަހަރަށް ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަކީ ހަމަ އާދައިގެ ރޯގާއެއް ކަމަށް ބުނި ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ، ތިންވަނަ ފަހަރަށް ޓެސްޓު ހެދުމުން ވެސް މިބައްޔަށް ފައްސި ކަމަށް ދައްކައިފިއެވެ.

Ads by Sosun Fihaara

އުމުރުން 65 އަހަރުގެ ބޮލްސޮނާރޯ މީގެ ކުރިން ބުނަމުން އައީ މިބައްޔަކީ ހަމަ އާދައިގެ ރޯގާއެއް ކަމަށާއި ކޮންމެހެން މާސްކު އަޅާ އިޖުމާތީ ގައިދުރުކަން ވެސް ކޮންމެހެންބަހައްޓަން ނުޖެހޭ ކަމަށެވެ.

ރައީސް ބޮލްސޮނާރޯ ގެ ސިއްޙީ ހާލުކޮޅާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 21 ވަނަ ދުވަހު އެމަނިކުފާނުގެ ތިންވަނަ ޓެސްޓެއް ހެދި ކަމަށާއި އޭގެން ވެސް ބައްޔަށް ފައްސި ކަމަށް ދެއްކި ކަމަށެވެ. އެހެންނަމަވެސް ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ކޮވިޑް އަށް ފައްސުވ ދަހުން ފެށިގެން ބޮލްސޮނާރޯ މަސައްކަތް ކުރައްވަނީ އެކަހަރިވެ އިނގެ ން އިނދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!