ޚަބަރު

ޖަލު ހުކުމް އެހެން އަދަބަކަށް ބަދަލުކުރަން މަޝްވަރާ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެކަމަށް ހައްލު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ހޯމް މިނިސްޓްރީން މަޝްވަރާތައް ފަށައިފިއެވެ.

Ads by STELCO

ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރެވިދާނެ ހާލަތުގައި އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުލްއުގޫބާތުގެ 1005 މައްދާއިން ކޯޓަށް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޖަލުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދަން ތިން މުއައްސަސާ ގުޅިގެން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ އެވެ. އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލް އުގޫބާތުގައި ހިމަނާފައިވެ އެވެ.

އެކަމަކު ނުރައްކާތެރި ކުށްތަކުގައި ނުވަތަ ކުށްވެރިޔާ ބަންދު ކުރުން ކޮންމެހެން ބޭނުންތެރި ނަމަ އަދި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި އެ މީހެއްގެ އަދަބުގެ މަދުވެގެން ހަތަރު ބައި ކުޅަ އެއް ބައި ވާން ޖެހޭނީ ޖަލަށްލުން ކަމަށް ގާނޫނު އުގޫބާތުގައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!