ޚަބަރު

ގަމު ދާއިރާ އޮތީ އެމްޑީޕީއާއި ރައީސް ޞާލިޙްގެ ސަރުކާރާއެކު: ސަމްޕަތު ވިސާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ގަމު ދާއިރާ އޮތީ އެމްޑީޕީއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވިސާމް (ސަމްޕަތު ވިސާމް) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަމްޕަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަމު ދާއިރާ އޮތީ އެމްޑީޕީއާއި ރައީސް ޞާލިޙާއެކު ކަމަށާއި "ރަން ރީނދޫ" ކުލައަށް މަރުޙަބާ ކަމަށެވެ.

"ގަމު ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބު ކުރުމަކީ ރަށަށް ދިރުން ގެނައުމަށް މި ދާއިރާގެ އެތައް ރައްޔިތުންނެއް ހިކުމަތްތެރިކަމާއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ." ސަމްޕަތު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން، ގަމު ދާއިރާގެ ގޮނޑިތައް އެމްޑީޕީއަށް ލިބުނު ކަމުގައި ވިޔަސް، އެ ޕާޓީއަށް ވަނީ މުހިންމު ގޮނޑިތަކަކާއި މާލެސިޓީގެ އަގުލަބިއްޔަތު ވެސް ގެއްލިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!