ޚަބަރު

ތުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާ: ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ކ. ތުލުސްދޫގައި ކްރިސްމަސް ފާހަގަ ކުރުމަކީ މަނާކަމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

Ads by STELCO

ތުލުސްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރިމަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ހަފްލާތައް ބާއްވަން އުޅޭ ކަމަށާއި އެކަން އިޝްތިހާރު ކުރުމަށް އިޝްތިހާރު ތަތްކުރަމުން އަންނަ ކަން ވެސް ކައުންސިލަށް އެނގޭ ކަމަށެވެ.

ކައުންސިލުން ބުނީ އެފަދަ ހަފްލާއެއް ބާއްވާ ނަމަ އެކަން ހުއްޓުވާނެ ކަަމަށާއި އެގޮތަށް ހުއްޓުވުމުން ދިމާވެދާނެ ކަމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުންޏެވެ. ޣައިރު ދީންތަކުގެ އެފަދަ ކަންކަން ފާހަގަ ކުރުމަކީ ރާއްޖޭގެ ގާނޫނުތަކުގައި ވެސް މަނާކަމެއް ކަމަށް އިއުލާންގައި ބުނެފައި ވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!