ޕީކީ ބްލައިންޑާސްގެ ތަރި ހެލެން މެކްކްރޯރީ ކެންސަރު ބަލީގައި މަރުވެއްޖެ
ޕީކީ ބްލައިންޑާސް އަކީ އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީރީސްއެކެވެ. ގިން ތަރިން ތަކަކާ އެކު ކުޅެފައިވާ މި ސީރީސްއަށް ވަނީ އެވޯޑެއް ވެސް ލިބިފައެވެ. ނޭޝަލަން ޓެލެވިޝަން އެވޯޑް ފޯ އައުޓްސްޓޭންޑިން ޑްރާމާ ޕާފޯމެންސް ލިބިގެން ދިޔުން ވެގެން ދިޔައީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޕީކީ ބްލައިންޑާސްގެ ޑައިރެކްޓަރުން ބުނެއެވެ.
މި ސީރީސްގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ހެލެން މެކްރޯރީ ކެންސަރު ބަލީގައި މަރުވުން ވެގެން ދިޔައީ އެކްޓިން ދާއިރާގައި މަސައްކަތް ކުރާ އެންމެންނަށް ވެސް ލިބުނު ބޮޑު ހިތާމަޔަކަށެވެ. އުމުރުން 52 އަހަރުގެ ހެލެންއަކީ ދެވަނައެއް ނެތް ފަދަ، މޮޅު އަދި އެކްޓިން ދާއިރާއަށް މުހިންމު އެކްޓްރެސްއެއް ކަމަށް ގިނަ ޑައިރެކްޓަރުން ބުނެއެވެ.
ޕީކީ ބްލައިންޑާސްގެ ޓޮމީ ޝެލްވީގެ ރޯލު އަދާކުރި ސިލިއަން މާފީ ބުނީ ހެލެން އަކީ އޭނާއާ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ހިތް ތިރި، މީހުންނަށް އަޅާލާ، މަޖާ މިޒާޖެއްގެ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
“ހެލެން ކުޅުނު ހުރިހާ ރޯލެއްވެސް ވަރަށް ގަޔާވެގެން ކުޅެފަ ހުންނަ މަންޒަރު ފެންނާނެ. ވަރަށް އެކަމާ ގަޔާވެގެން އެކްޓު ކުރާނީ. އަހަންނަށް އޭނާއާ އެކު މަސައްކަތް ކުރަން ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް. ބޮޑު ބަދަލެއް. “ސިލިއަން ބުންޔެވެ.
ހެލެންގެ ފިރިމީހާ، އެކްޓަރު ޑެމިއަން ލެވިސް ބުނީ އޭނާ އަކީ ވަރަށް ސަކަ މިޒާޖެއްގެ ހިތްތިރި މީހެއް ކަމަށެވެ. މިދިޔަ އަހަރު އެ ދެމަފިރިން ވަނީ ކޮވިޑް ހާލަތުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނަށް ކެއިން ބުއިމުގެ ކަންތައްތައް ބެލެހެއްޓުމަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.