ޚަބަރު

އަންނަ އަހަރު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް އަންނާނެ: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ނިމުމުގެ ކުރިން އެކަށީގެންވާ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޕެރޯލް އޮފިސަރުން އައްޔަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ބައެއް ގައިދީން ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް އެބަ ތިބި ކަމަށާއި އެއީ ދިވެހި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ޖަލުތައް ފުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުށްވެރިންތަކަކާ ހަވާލުނުވި މައްސަލަ އަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން ވޭތުވެ ދިޔަ 10 އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ވުރެ ގިނަ މަސައްކަތް އެ މިނިސްޓްރީން މި އަހަރު އެކަނި ވެސް ކުރި އެވެ.

އިމްރާން ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްގެން ގެންގުޅެވޭނީ 1300 ގައިދީން ކަމަށެވެ. އެކަމަކު މިހާރު ވެސް ޖަލުތަކުގައި 2000 ގައިދީން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ހޯމް މިނިސްޓްރީން ރާވާފައި ހުރި މަސައްކަތްތައް ނިމިގެން ދިޔުމާއެކު، ޖަލުގެ ޖާގައަށް އެކަށީގެންވާ ބޮޑު ހައްލެއް ސަރުކާރަށް ގެނެވޭނެ ކަމަށެވެ. އެ ގޮތުން ފާހަގަ ކުރެއްވީ ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަޝްރޫއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުތަކުގައި ބޭނުން ނުކުރެވޭ ހާލުގައި ހުރި 180 ޖާގަ މި އަހަރު ވަނީ މަރާމާތުކޮށްފަ އެވެ. އަދި ހުޅުމާލޭގައި 60 މީހުންގެ ޖާގައިގެ ތަނެއް ހަދާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ، ބިދޭސީންނަށް ހާއްސަކޮށްގެން ހެދި ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!