އިފްތާރު ޕެކޭޖް ހިމެނޭ މަސް ކްލަބުގެ ޚާއްޞަ މަސް ދަތުރުތަކެއް!

އިފްތާރު ޕެކޭޖު ހިމެނޭ ވަރަށް ޚާއްޞަ މަސްދަތުރުތަކެއްގައި ބައިވެރިވުމަށް މަސް ކުލަބުން ހުޅުވައިލައިފިއެވެ.
މަސް ކުލަބުން މައުލޫމާތު ދެއްވާ ގޮތުގައި މަސް ދަތުރުގައި ފުރާނީ ހަވީރު 4:00 ގައި ހުޅުމާލެއިންނެވެ. އަދި އެނބުރި އަންނާނީ ރޭގަނޑު 11 ޖަހާއިރަށެވެ.
ރޯދަމަހަށް ޚާއްޞަކޮށް ހުޅުވާލި ޕެކޭޖުގައި 20 މީހުންގެ ޓީމަކަށް -/8500 ރުފިޔާއަށް ބައިވެރިވެވޭނެއެވެ. އަދި އިތުރުވާ ކޮންމެ މީހަކަށް 50 ރުފިޔާގެ ޗާޖަކަށް ބައިވެރިވެވޭނެއެވެ.
މި މަސްދަތުރުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 7242224 ނަމްބަރަށް ގުޅުއްވާލުމަށް މަސް ކްލަބުން އެދެއެވެ. މީގެ އިތުރުން މަސް ކްލަބުގެ ފޭސްބުކް ޕޭޖުން ވެސް އިތުރު މައުލޫމާތު ހޯއްދެވޭނެއެވެ.