ޚަބަރު

ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައަކުން: އެމްއޭސީއެލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހެނދުނު ކަރަންޓު ދިޔައީ އިންޖީނަށް ދިމާވި، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެމްއޭސީއެލް ގެ މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު ވެސް ދީފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ވަނީ ކަރަންޓު ގޮސްގެން ދިމާވި ދަތިތަކަށްޓަކައި ހިދުމަތް ހޯދާ މީހުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ވީއައިއޭ އިން މިއަދު ހެނދުނު ކަރަންޓު ގޮސްފައިވަނީ، މުޅި އެއާޕޯޓުންނެވެ. އިންޓަނޭޝަނަލް ޓާމިނަލް އާއި ޑޮމެސްޓިކް ޓާމިނަލް އަށް ކަރަންޓު ލިބުނީ ގާތްގަނޑަކަށް 20 މިނެޓު ފަހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!