ދުނިޔެ

"ކޮރޯނާ ވައިރަސްއަކީ ޗައިނާއިން މުސްލިމުންނާމެދު އަމަލުކުރަމުން ދިޔަގޮތުގެ ސަބަބުން، ﷲ ފޮނުއްވި ކޯފާއެއް"

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ފެތުރެމުންދާ ކޮނޯރާ ވައިރަސްއަކީސުބްޙާނަޙޫ ވަތަޢާލާ ޗައިނާގެ ރައްޔިތުންގެ މައްޗަށް ފޮނުއްވި ކޯފާއެއްގެ ގޮތުގައި މަޝްހޫރު ސައިކަލު ދުއްވުންތެރިޔާ މޯދީ ތަޖޯރ ބުނެފިއެވެ.

Ads by WAMCO

އޭނާ ކުރި ސްނެޕެއްގައި ބުނެފައިވަނީ ޗައިނާއިން ދިޔައީ އެތައް މުސްލިމުންނެއް އެއްވެސް ޙައްޤަކާ ނުލާ ބަންދުކޮށް ވޭންދެނިވި އަނިޔާތަކެއް ދެމުން ކަމަށާއި މިއަދު ޗައިނާއިން ފާޅުވެގެން ދިޔައީގެ ކޯފާ ކަމަށެވެ.

"މިލިޔަނަކަށްވުރެ ގިނަ މުސްލިމުން ޖަލަށްވާ، މުސްލިމުންނާ މެދު ޗައިނާގައި ދިޔައީ ލާއިންސާ ޢަމަލުތައް ހިންގަމުން. ޗައިނާގެ މައްޗަށް ފާޅުވެގެންދިޔައީގެ ކޯފާ." އޭނާ ބުނެފައިވެއެވެ.

ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންވަނީ ޗައިނާގައި މުސްލިމުން ބަންދުކޮށްގެން، އެމީހުންނާމެދު ލާއިންސާނީ ގޮތްތަަކަށް އަމަލު ކުރަމުން ދާ ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ.

މޯދީ ތަޖޯރ އޭނާގެ ވާހަކަ ނިންމަމުންވަނީ ޤުރުޢާނުގެ އާޔަތެއް ކިޔާފައެވެ.

وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ

މާނައީ: "އެމީހުން ރޭވުންތައް ރޭވިއެވެ. އަދި ތިމަންވެސް ރޭވުންތައް ރޭއްވެވީމެވެ. ހަމަކަށަވަރުންއީއެންމެ މޮޅު ރޭވުންތެރިޔާއެވެ."

ޔާالله.! ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޮނާވައިރަހުން އަޅަމެން ސަލަމާތްކޮށްދެއްވާފާންދޭ.! އަދި އިބައިލާހުގެ ކުޅަދުންވަންތަ ކަމާއިއެކު އެ ނުރައްކާތެރި ވައިރަސް ދުނިޔެއިން ނައްތާލަދެއްވާފާންދޭ.! އާމީން.!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!