ޚަބަރު

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މެލޭޝިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން މިރޭ މެލޭޝިއާގައި ދިވެއްސަކު މަރުވެގެން އުޅޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މަރުވެފައި އޮއްވާ ފެނުނު މީހާގެ މައުލޫމާތެއް އަދި ނުލިބެ އެވެ.އެކަން ހިނގައިދިޔަ ގޮތް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަތީ ތައުލީމަށް ގިނަ އަދަދެއްގެ ދިވެހިންދާ މެލޭޝިއާގައި ގާތްގަނޑަކަށް 2،300 ދިވެހިން ދިރިއުޅެ އެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު، ބޮޑު ޗުއްޓީ ހޭދަކުރަން ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!