ޚަބަރު

ފިތުރު ޢީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް، ޢީދު މުބާރަކް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް (13 މެއި 2021) ކަމަށް ކަނޑައަޅައިފިއެވެ.

Ads by STELCO

މި އަހަރުގެ ޝައްވާލް މަހުގެ ހަނދުބެލުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އިއްވެވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވާ ކަމުގެ މައުލޫމާތު ލިބޭތީ، މާދަމާ (12 މެއި 2021) އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ.

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުމާއި ގުޅިގެން މި އަހަރު ވެސް ފިތުރު އީދު ނަމާދު ބޮޑު ޖަމާޢަތުގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް މިސްކިތްތަކުގައި އީދު ނަމާދު ކުރެވޭނެ ކަމަށް މީގެ ކުރިން އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިދުވަސްކޮޅު އޮތް ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގާފައި ވަނީ މާދަމާއިން ފެށިގެން އެއް ހަފްތާ ވަންދެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށެވެ. އެހެންކަމުން މި އަހަރުގެ އީދު ނަމާދާ ގުޅޭގޮތުން ވަކި ގޮތެއް އެންގުން އަދި ވަނީ ފަސްކުރެވިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!