ޚަބަރު

މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި 5117 ވަރި ކޮށްފައިވޭ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރު ރާއްޖޭގައި 5117 ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ޑީޖޭއޭ އިން މިއަދު އާންމުކުރި ވަރި ކައިވެނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޖުމްލަ 5117 ވަރި ކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 14 ވަރިއެވެ. މި އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 61.6 ޕަސެންޓް އިތުރުވުމެކެވެ. ދެހާސް އަށާރަވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 3166 ވަރިއެވެ.

ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 17 ކައިވެންޏެވެ. މި އަދަދަކީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 23 ޕަސެންޓްގެ އިތުރު ވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގައި 5290 ކައިވެނި ކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި 5100 އަށްވުރެ ގިނަ ވަރި ކޮށްފައިވާއިރު، ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އާބާދީ އާއި ބަލާއިރު ވަރި އެންމެ ގިނަ ގައުމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!