ޚަބަރު

ކޮރޯނާވައިރަސް ޖެހި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ހާލަތެއް ރާއްޖޭގައި މެދުވެރި ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޮށް ފަރުވާދޭން ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމް ކޮށްފި އެވެ.

Ads by Sosun Fihaara

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި ވެސް ގެންދަނީ ފިޔަވަޅުތައް އަޅައި ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ދެނެގަންނާނެ ނިޒާމެއް ގާއިމްކޮށް އެފަދަ މީހުންނަށް ފަރުވާ ދޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ.

ކޮރޯނާވައިރަހުގެ އަސަރުކޮށް، ވޫހާން ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

ރޯގާއަށް ޝައްކުކުރެވޭ މީހުން ޓްރާންސްފާކުރުމަށް ތައްޔާރީ ހާލަތުގައި ތިން އެމްބިއުލަންސްވެސް އޮންނަކަމަށް ސަރުކާރުން ބުންޏެވެ. އެ އެމްބިއުލަންސްތައް ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ އަދި އައިޖީއެމްއެޗުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!