ޚަބަރު

ޕްރޮގްރެސިވް ކޯލިޝަންގެ ޓީމެއް ހދ. އަތޮޅަށް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހދ. އަތޮޅަށް ކުރައްވާ ދަތުރެއް ފަށައިފިއެވެ.

Ads by MWSC

ޕްރޮގްރެއްސިވް ކޯލިޝަންގެ މިޓީމުގައި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲއާއި، ނައިބު ރައީސުނ ކަމުގައިވާ އިބްރާޙީމް ސުޖާއުއާއި، އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބުރައީސް ގައްސާނު މައުމޫނާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ލަޠީފް މުޙައްމަދާއި އަދި ކުރީގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފިދު އަބުދުލް ޤާދިރު ހިމެނި ވަޑައިގަންނަވައެވެ.

ޕީއެންސީގެ ރައީސްގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙީމް ސުޖާއު ވިދާޅުވީ އެ ކޯލިޝަންގެ މިދަތުރުގައި ހދ. ގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް އެ ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮށް، އެޕާޓީތަކުގެ ސަޕޯޓަރުންނާއި ބައްދަލުކުރާނެކަމަށެވެ.

އެ ކޯލިޝަނުން ހއ. ކުރި ދަތުރުގައި ހއ. ވަށަފަރުގައިވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި މިރޭ ކުޅުދުއްފުށި ސިޓީގައި ޕީޕީއެމްގެ ޖަލްސާއެއް އޮންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!