ޚަބަރު

ރެކޯޑް ހަދަން ސިވިލް ކޯޓުން އަވަހަށް މައްސަލަ ބަލާ ކަމުގެ ޝަކުވާ

ދެން އެމްވީ ، ދެން އޮންލައިން

ހިނގަމުންދާ މައްސަލަތައް އަވަސްކުރުމުގެ ނަމުގައި ނުވަތަ އެންމެ ގިނަ މައްސަލަތައް ނިންމުމުގެ ޝަރަފު ހޯދުމަށް، އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަ ބަލާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސާވިލް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

Ads by STELCO

ޖޭއެސްސީން ބުނިގޮތުގައި މި މައްސަލަ ހައްލުކުރުމަށް، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖީއޭ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި، ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލަން ވެސް ނިންމާފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓުގައި މިހާރު ގާއިމުކޮށްފައިވާ ގޮތަށް ޑިވިޒަންތައް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ކަމަށް ނުވާތީ އެކަން މުރާޖައާކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އަންގަން ވެސް ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން އަންނަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ދެ މައްސަލައެއް ވެސް ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!