ޚަބަރު

ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެމްޑީޕީ: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެމްޑީޕީ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ސިވިލްސާވިސްގައި ހަމަޖެހިފައިވާ އުސޫލުން ވަޒީފާ ލިބި އެކަމުގެ ޔަގީންކަން ލިބިފައި ތިބި މީހުން ވެސް މިއަދު އެއް ފަރާތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކޮންޓްރެކްޓްތައް ދެމުން ގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކަމަށެވެ.

"ކޮންޓްރެކްޓްތައް ވެސް ލޯ މަރާލާފައި ދެނީ ބޮޑު އަގު ހުށައަޅާ ޕާޓީގެ އެކްޓިވިސްޓުންނަށް." ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވަނީ އެޖެންޑާ 19 އިން ގެނެސްދޭން ބުނި އިންސާފަކީ މިއީތޯ ސުވާލު ކުރައްވާފަ އެވެ.

"ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ މިއީ. ބޮޑު ސޯބު އެނބުރޭ ގޮތަށް." އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް މަސައްކަތް ކުރެއްވުމަށް ފަހު އެ ސަރުކާރަށް ޖަމީލު ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.ޝޮރ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!