Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ މީހަކު އަދި ރާއްޖެއިން ނުފެނޭ: އެޗްޕީއޭ

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް މިބަލީގެ ހުރިހާ ކްރައިޓީރިޔާއަށް ފެތޭ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ފެނިފައިނުވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ކޮރޯނާވައިރަސްގެ ހާލަތާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ކޮންމެ ދުވަހަކު ނެރެމުން އަންނަ ރިޕޯޓްގެ އަންގާރަ ދުވަހުގެ އަދަދު ވެސް ހިމަނާފައި ވެއެވެ. އެރިޕޯޓްގައި ހިމެނެނީ އަންގާރަ ދުވަހާއި ހަމައަށް ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދުތަކާއި، ބަލި ފެނުނު ގައުމުތަކުގެ މައުލޫމާތާއި، ބައްޔާއި ގުޅިގެން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކެވެ.

Advertisement
Allied Insurance — Square (box)

ކޮރޯނާވައިރަސް ރާއްޖެ އިން ފެނިދާނެ ކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 170 އަށް ވަނީ އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 1700 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 7711 އަށް ވަނީ އަރާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް