ޚަބަރު

ކުރި މަސައްކަތުގެ ހަދިޔާއަކީ ބިރުދެއްކުމާއި އިންޒާރު، ދެން ބޭނުމީ ގައުމު ދޫކޮށް ދާން: ހިޝާން

ދެން އެމްވީ ، ދެން އޮންލައިން

އަށާރަ އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި ދެން ބެނުމީ ގައުމު ދޫކޮށް ދާން ކަމަށް ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓާ، ހިޝާން އަށް ބަޔަކު ވަނީ މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެގެން ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި މިވަރުން ދެން ފުދޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްފައި ދާން ކަމަށްވެސް ހިޝާން ވިދާޅުވިއެވެ.

"މި ގައުމުގައި ހައްގު ބަސް ބުނާ މީހުންނަކަށް ދިރިހުރުމުގެ ހައްގެއް ނެތް. އަހަރެން މިހާތަނަށް ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރީއްޔާ" ހިޝާން ވިދާޅުވިއެވެ.

ހިޝާން ވަނީ 2014 ވަނަ އަހަރު އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ޚިދުމަތް ކުރުމާއި، ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލް ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!