ޚަބަރު

ސިވިލް ކޯޓުގައި ޑިވިޝަންތަކަށް ބަހައިގެން މައްސަލަ ނުބެލޭނެ: ޖޭއެސްސީ

ދެން އެމްވީ ، ދެން އޮންލައިން

ސިވިލް ކޯޓްގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

Ads by STELCO

އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލްވުމަށް ފަހު ބުނެފައިވަނީ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ކަމުގައި ނުވާތީ އެ ނިޒާމު މުރާޖާކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖީއޭ) އަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ސިވިލްކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ނިންމާ ކަމުގެ ޝަކުވާތަކެއް ލިބިފައި ވާތީ އެކަން ބަލަމުން ގެންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމުގެ ނިޔަތުގައި ނުވަތަ ގިނަ މައްސަލަތައް ނިންމައިގެން ޝަރަފު ހޯދާށައި ވަކި މުއްދަތެއްވީ މައްސަލަތައް ނުބޭއްވުމަށް ފަނޑިޔާރުން މައްސަލަތައް ބަލާ ނިންމަމުންދާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!